ސަރުކާރު ހުރިހާ ސްކޫލްތެއް އޭސީކޮށް ފިނިކުރުމަށް މިއަދު ފެށި ”ކޫލް ސްކޫލް“ ޕްރޮޖެކްޓްގެ ދަށުން ފިނިކުރާ، ކޫލް ސްކޫލެއްގައި ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި ބުލީއެއް ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު މާފުށީ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ”ކޫލް ސްކޫލް“ ޕްރޮޖެކްޓް ފައްޓަވައިދެއްވުމަށްފަހު، ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ”ކޫލް ސްކޫލް“ ޕްރޮޖެކްޓް ފެއްޓެވީ ހަމައެކަނި ފިނިކޮށްލައިގެން ނިންމާލަން ނޫން ކަމަށެވެ.
”ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ. އުފާވެރިކަން އިހުސާސްވާނެ ފިނިކަމާ އެކުގައި ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ، ހިތްއުފާވާނެ، ބުލީއެއްނުކުރާނެ ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނޯންނާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނާއި ސްކޫލް މެނޭޖުމެންޓާއި ބެލެނިވެރިން ގުޅިގެން ކުރާ މި މަސައްކަތުގެ ނަތީއަކަށް ވާންވާނީ ތަރުބިއްޔަތު ކުރާ ކުދިންނަކީ، ދިވެހި ގައުމާއި އަމިއްލަ ރަށާއި އަދި އެކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާ ކުރުވަނިވި ދަރިންތަކަކަށް ހެދުން ކަމަށެވެ. އަދި ކާމިޔާބު އިންސާނެއް އުފެއްދުމަށް ލިބެންޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތައް ފުރިހަމަވެގެންވާ ދަރިންތަކަކަށް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.



ގުޅުންހުރި
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20