ރާއްޖެއަކީ އިންޑިއާގެ އަގުހުރި ބައިވެރިއެއް ކަމަށް، ތިން ވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
މޯދީ، އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ މަރުހަބާ ދަންނަވައިފަ އެވެ. ރައީސް މުއިއްޒުގެ ޕޯސްޓަށް ދެއްވަމުން މޯދީ މިއަދު ވިދާޅުވީ ރާއްޖެއަކީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަގުހުރި އަދި އަވަށްޓެރި ގައުމެއް ކަމަށެވެ.
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މޯދީ ވިދާޅުވި އެވެ.
އިންްޑިއާގައި ވޯޓު ގުނައި ނިމިފައިވާއިރު ބީޖޭޕީއަށް ލިބިފައިވަނީ 240 ގޮނޑި އެވެ. މޯދީއާ ވާދަކުރެއްވި ވަރްނާސީ ސިޓީގެ ދާއިރާއިން ކާމިޔާބު ހޯއްދެވުނީ 152،000 ވޯޓުގެ ތަފާތަކުންނެވެ.
ބީޖޭޕީއާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ކުރި ލިބިފައިވަނީ 292 ގޮނޑިއާ އެކުގަ އެވެ. ސީދާ ބީޖޭޕީއަށް ކުރި ލިބިފައިވަނީ 240 ދާއިރާއަކުންނެވެ. ކުރިން އެ ޕާޓީއަށް އެކަނި 303 ދާއިރާ އޮތެވެ.
ކޮންގްރެސް އަށް ކުރިން 52 ދާއިރާ އޮތް ނަމަވެސް މިފަހަރު 99 ދާއިރާއެއް ވަނީ ލިބިފ ައެވެ.




ގުޅުންހުރި
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
އިސްތިއުފާދެއްވަން ރައީސް ވަހީދަށް އެންގިން: ރައީސް މުއިއްޒު
މޮރިޝަސްގެ ނިންމުން ތާކުންތާކު ނުޖެހޭ، ގުޅުން ކަނޑާލިޔަސް ހައްގުނޫން ތަނެއް ނުލިބޭނެ:
ރާއްޖެއަށް ތެލާއި ކާބޯތަކެތި ގެނައުމުގައި ދަތިކަމެއް އަދި ނެތް، ކަންބޮޑުވުމެއް ވެސް
ރައީސްގެ ޕްރެސް ކޮންފަރެންސެއް މާދަމާ ހެނދުނު
ހަނގުރާމައާ ގުޅިގެން ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް