ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަަމަލާތަކުގެ ސަބަބުން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން އއެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ ބިލު މަޖިލީހަށް ބަލައިގަނެ، ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަަހަޅައިފި އެވެ.
މީކާއީލް އެ ބިލުގައި އެދިފައިވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފަ އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި އެ ބިލަށް ބަހުސްކުރުމަށްފަހު ވަނީ އެ ބިލު ކޮމިޓީއަށް ފޮޮނުވުމަށް ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކުގަ އެވެ.
މި ބިލަށް ތަޅުމުގައި މިއަދު ބަހުސްކޮށްފައިވާއިރު، ބިލު ކޮމިޓީއަށް ފޮނުވަން ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.
އެ ބިލާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ބިލް އަވަސްކޮށް، ބޭނުންވާ ނަތީޖާ އިހުލާސްތެރިކަމާ އެކު ހާސިލްކުރަން ބޭނުންވާ ނަމަ ބިލް މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވަން ޖެހޭ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށެވެ. އެކަމަކު، ސަރުކާރާއި ޕީއެންސީގެ ވިސްނުމަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލަށް އިތުރު އިސްލާހު ގެނެސް އެ ބިލަށް ތާއީދު ކުރުމެވެ.

ގުޅުންހުރި
މި އަހަރު 800 އެއްހާ މަޝްރޫއު ކޮންޓްރެކްޓްކުރާނެ: ރައީސް
ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި
ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި
ފޭސް ދޭއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި