ރާއްޖޭން ފަލަސްތީން ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށްގެންދާ ގައުމީ ޓެލެތޯން އަށް ސްޓެލްކޯ އިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ އެ ކުންފުނިން ހަދިޔާ ކުރި ފައިސާއަކީ ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ހަދިޔާކޮށްފައިވާ ފައިސާ ކަމަށެވެ. އޭގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ސްޓެލްކޯގެ ހެޑް އޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް އެކި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުންޏެވެ.
”އަޅުގަނޑުމެން، ސްޓެލްކޯގެ މުވައްޒަފުން ސާބިތުކަމާއެކު އަބަދުވެސް ދެމި ތިބޭނީ ފަލަސްތީންގެ ރައްޔިތުންނާ އެކު،“ ސްޓެލްކޯ އިން ބުންޏެވެ.
”ފަލަސްތީނާއެކު ދިވެހީން“ގެ ނަމުގައި ޕީއެސްއެމް އާއި މީޑިއާތައް ގުޅިގެން މިއަދު ހެނދުނު 8:00 ގައި ފެށި ޓެލެތޯން މިރޭ 12:00 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާއިރު، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ. އޮންލައިންކޮށް ފައިސާ ޖަމާކުރުމަށް:
- ދިވެހި ފައިސާ އިން ނަމަ: 7730000655865
- ޑޮލަރުން ނަމަ: 7730000655866
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި
ވިއްސާރައާ ގުޅިގެން ސްޓެލްކޯ އިން ޓާސްކުފޯހެއް އެކުލަވާލައި ތައްޔާރުވެއްޖެ
ހުޅުމާލެ ފޭސް 2 ގައި ހުންނަ ޓްރާންސްފޯމަރު ތަކަކަށް ގެއްލުން ދީފި
އެއް ގަޑިއިރަށް މާދަމާ ހެނދުނު މާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން ހަ މަސް ތެރޭގައި 50،000 އަށްވުރެ ގިނަ ގަސް އިންދައިފި
ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފުތިތާހު ކޮށްފި، ހަރުދަނާ އަދި ޒަމާނީ ހައްލު