ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ޓެލެތޯނަށް އެމްއެންޑީއެފްގެ ފަރާތުން 2.1 މިލިއަން ރުފިޔާ މިއަދު ހަދިޔާކޮށްފި އެވެ. މިއީ ޓެލެތޯނަށް އެއްފަރާތަކުން ހަދިޔާކުރި އެންމެ ބޮޑު އަދަދެވެ.
ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި ހަފުލާއެއްގައި އެ ފައިސާގެ ރަމްޒީ ބޯޑު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ. ހަފުލާގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އަދި އެމްއެންޑީއެފް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕީއެސްއެމް އާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދާ ޓެލެތޯން އަށް އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.
”ފަލަސްތީނާއެކު ދިވެހީން“ގެ ނަމުގައި ޕީއެސްއެމް އާއި މީޑިއާތައް ގުޅިގެން މިއަދު ހެނދުނު 8:00 ގައި ފެށި ޓެލެތޯން މިރޭ 12:00 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާއިރު، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ. އޮންލައިންކޮށް ފައިސާ ޖަމާކުރުމަށް:
- ދިވެހި ފައިސާ އިން ނަމަ 7730000655865
- ޑޮލަރުން ނަމަ 7730000655866


ގުޅުންހުރި
އިޒްރޭލަށް 7.4 ބިލިއަން ޑޮލަރުގެ ބޮމާއި މިސައިލް ވިއްކަން އެމެރިކާ އިން
އިޒްރޭލުގެ ދިފާއީ ވަޒީރު އަގްސާ މިސްކިތައް ވަނުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި
ގެއްލުނު ނޭޕާލް ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަހެއް ހޯދަންޖެހޭ: ފަލާހު
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލް އަވަސްކުރަން ގޮވާލި ގަރާރު ބޭރު ކޮށްލައިފި