މިސްރުން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ އެންމެ ހަގު ހައްޖުވެރިޔާ މައްކާގައި ނިޔާވެއްޖެ އެވެ.
މިސްރުގެ ކަފްރް އަލް ޝައިހަށް އުފަން ނަމަވެސް ސައުދީ އަރަބިއާގައި ދިރިއުޅޭ ޔަހްޔާ މުހައްމަދު ރަމަދާން ނިޔާވީ އިއްޔެ އެވެ. ނަމަވެސް އޭނާގެ އުމުރެއް އެއްވެސް މީޑިއާއަކުން ރިޕޯޓެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މުހައްމަދު މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔައީ މައިންބަފައިންނާއެކު އެވެ. އޭނާގެ ބައްޕައަކީ ސައުދީގައި ވަޒީފާ އަދާކުރާ މީހެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މުހައްމަދު ނިޔާވީ ހޫނު ގަދަވުމުގެ ސަބަބުންނެވެ. އޭނާ ނިޔާވި އިރު، އޭނާގެ މައިންބަފައިން ތިބީ ހައްޖުގެ އަޅުކަމުގަ އެވެ.
ޔަހްޔާގެ ކަށުނަމާދު ބާއްވައިފައިވަނީ މަސްޖިދުލް ހަރަމުގައެވެ. އޭނާ ވަޅުލައިފައިވަނީ މައްކާގަ އެވެ.
މުހައްމަދު ނިޔާވުމުގެ ކުރިން ކައުބަތުﷲ ގެފުޅު ކައިރީގައި އިހުރާމުގައި ހުއްޓާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.




ގުޅުންހުރި
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ
މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް،
ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި