ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރަމުންދިޔަ އުޅަނދެއް ޓޯކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި ހުއްދަނެތި، ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން މާލެއިން އެއަރޕޯޓަށް ދަތުރުކުރި އުޅަނދެއް ބަލައި ޗެކް ކުރިއިރު އެ އުޅަނދަކީ ”ބީ“ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށެވެ. އެ އުޅަނދު ”އޭ“ ޒޯންގައި ދުއްވާއިރު އުޅަނދުގެ އަހަރީ ފީވެސް ހަމަވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ އުޅަނދު ފުލުހުން ވަނީ މިހާރު ޓޯ ކޮށްފައެވެ.
ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން ދަތުރުކުރަމުންދިޔަ ދެ ޕިކަޕެއް މިދިޔަ ހަފްތާގައިވެސް ފުލުހުން ވަނީ ހުއްޓުވައި ޗެކްކޮށްފައެވެ. އަދި އެ ވެހިކަލްތައް ދުއްވި ޑްރައިވަރުންގެ ލައިސަންސް ވަނީ ހިފަހައްޓާފައިވާއިރު އެތަނުން އެއް ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.



ގުޅުންހުރި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި