އެ މީހެއްގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު މައިތިރިކޮށްފި މީހަކަށް އޮތީ ސުވަރުގެ ކަމަށް މާތް ﷲ ވަހީކުރައްވައިފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
’ލަދުވެތިކަމާއި އިއްފަތްތެރިކަން‘ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމް ދީނަކީ ހުރިހާ ފުރިހަމަ ކަމަކާއި ރިވެތިކަމެއް އެކުލެވިގެންވާ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމު ކަމަށާއި މަތިވެރި އަހުލާގުގެ ހުރިހާ ސިފަޔަކަށް މި ދީން މަގު ދައްކާ ކަމަށެވެ. އެގޮތުން ލަދުވެތިކަމާއި އިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފަ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ލަދުވެތިކަމުގެ މި މާތް ސިފައިގެ މުހިންމުކަމުން ކީރިތި މާތް ނަބިއްޔާ މި ސިފަ ގެންނަވައިފައިވަނީ އީމާންކަމުގެ ތެރެއިން ކަމަށެވެ. އިތުރު އެކަލޭގެފާނު ހަދީޡްކުރައްވައިފައިވެ އެވެ. ”ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.“
ހުތުބާގައި ބުނީ، ހަމަކަށަވަރުން ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ، އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެ ކަމަށެވެ. އަދި އެ މީހެއްގެ ކިބައިގައި ލަދުވެތިކަން ހުރެއްޖެ މީހާ، ފާޖިރުކަމާއި މާތް ﷲ ހަރާމްކުރައްވައިފައިވާ ކަންތައްތަކާ ދެމެދު ހުރަހެއް ގާއިމުކުރާނެ ކަމަށާއި އެންމެހައި ނޭއްގާނީ އަމަލުތަކުން އެ މީހަކު ދުރުވާނެ ކަމަށްވެސް ބުންޏެވެ.
އިބްނުލްގައްޔިމް ރަހިމަހުﷲ ވިދާޅުވެފައިވެ އެވެ. ”ލަދުވެތިކަމަކީ އިންސާނުންނަށް މާތް ﷲ ދެއްވި ޚާއްޞަ ސިފައެކެވެ. ފަހެ ލަދުވެތިކަން ނެތް މީހަކަށް އިންސާނީ ސިފަތަކުގެ ތެރެއިން އޭނާގެ ގައިގައި ޖަހައިފައިވާ މަހާއި، ހަށިގަނޑުގައި ދައުރުވާ ލެޔާއި، ބޭރުފުށުގެ އިންސާނީ ސޫރަ ފިޔަވައި އެހެން ކަމެއް ނުވެއެވެ. އަދި ލަދުވެތިކަން ނެތް މީހެއްގެ ކިބައިގައި އެއްވެސް ހެވެއް ނުވެއެވެ.“
ހުތުބާގައި ބުނީ، ލަތުވެތިކަން އެ މީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، އިފަތްތެރިކަން އިސްކުރާނެ ކަމަށާއި އޭނާގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރިކުރާނެ ކަމަށެވެ. މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”އަދި އެމީހާގެ ވެރިރަސްކަލާނގެ حَضْرَةُ ގައި ހުންނާންޖެހޭ ހުރުމަށް ބިރުވެތިވެ، އެ މީހެއްގެ نَفْس އަމިއްލަ އެދުންތަކުން ދުރުކޮށްފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެ މީހާ އުޅޭނެ ތަނަކީ، ސުވަރުގެ އެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުމަކީ ހިތާމައެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ހެދުން އެޅުމާއި މުއާމަލާތުކުރުމާއި ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެންނަމުންދާ ކަމަށެވެ.
އަދި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި މީސްތަކުން ހަރަކާތްތެރިވަމުން ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއްފަރާތް ކުރުމަށްފަހު ކަމަށާއި އެކިއެކި ފާހިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތި ކަމަށްވެސް ބުންޏެވެ.
ގުޅުންހުރި
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި