ހދ. ހަނިމާދޫ ގެއެއްގެ ކުލީ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާ ކުއްޔަށް އުޅޭ ކޮޓަރިއަށް ރޭ ވަން ގޮތަށް ހަބަރެއް ނުވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ކޮޓަރިއަށް ވަދެ ބެލި އިރު އެއްވެސް ހަރަކާތެއް ނެތި އެނދުމަތީގައި އެ މީހާ އޮއްވައި ފެނުނު ކަމަށެވެ.
އަދި ރަށު ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރުން ފުލުހުންނަސް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ އުފަން ރަށެއް އަދި ސާފެއް ނޫނެވެ.



