ޖަލީލް ދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ބުނެފި އެވެ.
ސިޓީ ކައުންސިލުން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ އަދި މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތްކުރި މައްސަލައިގައި ކައުންސިލްގެ ބަހެއް ހޯދުމަށް، މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ މި އަހަރުގެ މިހާތަނަށް އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
”މި މައްސަލަތަކުގައި ހިމެނޭ ހަ ފަންކާ، ދެ ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލުކޮށްފައި،“ ފުލުހުން ބުންޏެވެ.
މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެގެން، އެ ތަންތަން ބަލަހައްޓާ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެ ކުރިން ފުލުހުން ވަނީ މިސްކިތްތަކުން ވައްކަން ކުރި ބައެއް މީހުންގެ ވީޑިއޯ އާންމުކޮށްފަ އެވެ.
މާލޭގެ ތަގުވާ މިސްކިތުން ފަންކާއެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ވީޑިއޯ މިދިޔަ އެޕްރީލް މަހު ފުލުހުން އާންމުކުރި އެވެ. ތިން ރޭ މަތިން އެ މިސްކިތުން ހަ ފަންކާ ވަގަށް ގެންދިޔަ އެވެ.
ފުލުހުން އޭރު ބުނި ގޮތުގައި، އެ މީހާ ވަނީ އެހެން ބައެއް މިސްކިތްތަކުން ވެސް ފަންކާ ވަގަށް ނަގައިފަ އެވެ. އަދި އެ ފަންކާތައް ފުލުހުންނަށް ހޯދުނީ ވިއްކާލި ފަހުންނެވެ.




1 Comment
ގުޅުންހުރި
އީރާނުގެ އާ ސްޕްރީމް ލީޑަރަކަށް މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި
ދެ އިންތިހާބު އެކުގައި ބާއްވާ ވޯޓު ރައްޔިތުން ކާމިޔާބުކޮށްދޭނެ، ކަންބޮޑުވާކަށް ނުޖެހޭ:
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެން 164 މީހުން މިރޭ އުމްރާއަށް ފުރުވާލަނީ
އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައިފި
އުމުރުން ދެ އަހަރުވަންދެން ދަރިފުޅު ބަލަން ވަގުތުދޭގޮތަށް އިސްލާހު ފާސްކޮށްފި
އަންހެނުންގެ ދުވަހު އެލައިޑް ތަކާފުލް އިން ”ކަމަނަ ތަކާފުލް“ގެ ހާއްސަ ޕްރޮމޯޝަނެއް