ޖުލައި 2, 2024

ރަސްމާލެ މަޝްރޫއު އަންނަ މަހު އަލުން ފަށައި، ޕްލޭނާ އެއްގޮތަށް ކުރިއަށްދާނެ: ރައީސް

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ރަސްމާލޭގެ ބޮޑު ބައެއް މިއަހަރުގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެއެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ފެށި ރަސްމާލެ މަޝްރޫޢަކީ މާލެ ތޮއްޖެހުމާއި ގެދޮރުވެރިކަމުގެ މައްސަލަތަކަށް ހައްލު ހޯދާދެއްވުމަށް ސަރުކާރުން ފެއްޓެވި ބިޔަ މަޝްރޫޢެކެވެ. ނަމަވެސް މިދިޔަ މެއިމަހުން ފެށިގެން ސަރުކާރުން ވަނީ ރަސްމާލެ ހިމެނޭގޮތަށް ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިޔަށް ގެންދިޔުން ހުއްޓާލާފައެވެ.

ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުު ވިދާޅުވީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އަލުން ފެށޭނެ ކަމަށެވެ. އެގޮތުން އަންނަ މަހު އެމަޝްރޫއު ފަށައި މިއަހަރު ޑިސެމްބަރުގެ ނިޔަލަށް 1100 ހެކްޓަރުގެ ބިން ހިއްކައި ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން ޕްލޭން ކޮށްފައިވާގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

”މިއަހަރުގެ ޑިސެމްބަރުމަސް ނިމެންވާ އިރަށް އަޅުގަނޑުމެންގެ އަމާޒަކީ، ހަމަ ފުރަތަމަ ވެސް ޕްލޭންކުރި ގޮތަށް، އެތަނުގެ އެއްހާސް އެއްސަތޭކަ ހެކްޓަރުގެ ބިން ހިއްކައި ނިންމުން، އިރާދަކުރެއްވިއްޔާ އެކަން ހާސިލުކުރާނަން،“ ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެދޮރު ވެރިކަމުގެ މައްސަލަ ހަައްލު ކުރުމަށްޓަކައި ރަސްމާލޭގެ އިތުރުން ގުޅިފަޅާއި ގިރާވަރު ފަޅު އަދި ހުޅުމާލޭގެ ފޭސް ތިނެއް ހިއްކުުމުގެ މަސައްކަތް ވެސް ސަރުކާރުގެ ޕްލޭނާއެއްގޮތަށް ކުރިއަށްދާނެކަމަށެވެ.

6 Comments

  • Nasiha Moosa ޖޫން 24, 2024

    އަނެއްކާއި މިއޮތީ ކަނަލްތެރެއިން މާމެއިޑުތައް ވެންވަޅު ތަކުން ހުސްގަޔާއި ފެންވަރާ މަންޒަރު ބަލަން ޖެހިފަ 😂

  • Ahmed Saleem ޖޫން 24, 2024

    Thihiree feshifa, anna mahu fesheynee alun dhogu hadhan, olhuvaalan,

  • Lathyf Mohamed ޖޫން 24, 2024

    Fashaafa eh nu othee. Adhives feyshun

  • Haamidha Haamidha ޖޫން 24, 2024

    މިގޭގައި ދެތިންހޮޅިއެބައޮތް ޓަނަލުހަދަން ބަލައިއާދޭ

  • Ali Rafiu ޖޫން 24, 2024

    Male‘ ulhey ginnabayyeh ge huvafen thikan avaskodheva..

  • Aryfa Aree ޖޫން 26, 2024

    6 mahun nimmaafa oiy kameh? anekkaa 😂😂

Leave a Reply