އެކިއެކި ވިހަ މާއްދާތަކާއި ގްރޯތް ހޯމޯންގެ މާއްދާތައް އެކުލެވޭ ތަރުކާރީއާއި މޭވާތައް ކެވިގެން ރާއްޖޭގެ އަންހެން ބޭފުޅުންގެ ރީތިކަަމަށް ބުރޫ އަރާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (އިއްބެ ޖަނަބް) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އޭނާ އެ ކަންބޮޑުވުން ފާޅުކުރެއްވީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
”އެއްވެސް ބޭފުޅަކަށް ވިހައެއް، ފުޅިއަކަށް އަޅާފައި ކާންދޭން ބުނެފިއްޔާ ވަރަށް އުނދަގޫވާނެ އެކަން ބަލައިގަންނަން. އެހެން ނަމަވެސް ތަރުކާރީގެ ސިފައިގައި، އެކިއެކި ވިހަ މާއްދާތައް އެކުލަވައިގެން އުފެއްދިފައި ހުރި، ނުވަތަ އެކަށީގެން ނުވާ ގުރޯތު ހޯމޯން، މިދަންނަވާ ތަރުކާރީ މޭވާގެ ތެރޭގައި ހިމެނިގެން އައިސް އެ ކެވިގެން، އޭގެ ނަތީޖާއެއްގެ ގޮތުން، ވަރަށް ޅައުމުރުގައި އަންހެން ބޭފުޅުންގެ މޫނުމަތީގައި ފެންނަން ނުޖެހޭ އިސްތަށި ފެނި، އެފަރާތްތަކުގެ ރީތިކަަމަށް ބުރޫއަރައިގެން ދިއުމަކީ ހަމަ ފެންނަ ކަމެއް،“ އިއްބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޅައުމުރުގެ ކުދިންނަށް އެ މައްސަލަ ކުރިމަތިވާތީ އެކަމުގެ ސަބަބުން އެ ކުދިން ބުލީގެ ޝިކާރައަކަށްވާ ކަަމަށެވެ. އެއީ ވަރަށް ދެރަ ކަމެއް ކަަމަށާއި އެއީ ވިޔަ ނުދޭން މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
ވަޒީފާއެއް ނެތް ބިދޭސީން ހޯދަނީ
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ސަފާރީއެއްގައި ރޯވެ އަނދަނީ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ޔާމީން އާއެކު މަސައްކަތްކުރަން ނަޝީދު އާއި ސޯލިހު