ޗައިނާގެ ޗޮންޗިން ސިޓީގެ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.
ޗޮންޗިން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އިއްޔެ ފެށީ ސްރީ ލަންކާގައި ޓްރާންސިޓް ކުރުމަށްފަހު އަންނަ ގޮތަށެވެ. އެގޮތުން ޗޮންޗިން އެއާލައިންސް އިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ކުރާނެ އެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ހަވީރު ޖެއްސި އެ އެއާލައިންގެ ފުރަތަމަ ފްލައިޓުގައި 82 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު، އެ މީހުންނަށް މަރުހަބާ ކިޔަން އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވި އެވެ.
އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގް ލީޝިން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު، ޗޮންގިންގް އެއާލައިންގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންގްޕިންގެ އިތުރުން އެމްއެމްޕީއާރުސީ، މަޓާޓޯ އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ޗައިނާގެ ތިން އެއާލައިނަކުން މިހާރުވެސް ރާއްޖެއަށް ދަތުރުތައް ކުރެ އެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް އަދި ޗައިނާ އީސްޓާން އެވެ.




ގުޅުންހުރި
ދުވާފަރު ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި
އިންތިހާބު ކުރަނީ ހިދުމަތް ކޮށްދޭން, ކަންތައްތައް ކޮށްދޭން ޖެހޭނީ ވޯޓާ ޖެހުނީމައެއް
މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް
ކަންތައްތަކެއް ނުކޮށްދެވުނު ނަމަ ދެވަނަ ދައުރަކަށް ވޯޓު ހޯދާކަށް ނާންނާނަން: މޭޔަރު