އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެ މަނިކުފާނު ޖަލުން ސަލާމަތް ކުރުމުގެ ނިޔަތެއް ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ފޯރުވި ކަމަށާއި އެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން މިހާރު މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ބެންކޮކަށް ވަޑައިގެން ހައިކޯޓުގެ ފަނޑިޔާރަކާ ބައްދަލުކުރައްވައި، ދޮޅުމަސް ދުވަސް ބޭރު ގައުމެއްގައި ބެހެއްޓެވިކަންވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮން މިނިސްޓަރެއް ކަމެއް ޔާމީން ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެކަންކަން ހާމަކުރަންޖެހޭ ވަގުތު އެ މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށެވެ.
އަޅުގަނޑުމެންނަށް އެނގޭ އަދި އަޅުގަނޑުމެން އެވާހަކަތައް ނުދައްކަނީ. އެމީހުންގެ ނިޔަތެއް ފެށުނުއިރުގައި ވެސް ނެތް އަޅުގަނޑު ވިއްލާކަށް. ފެށުނު އިރުވެސް ނެތް އަޅުގަނޑު ވީއްލާކަށް. އެބޭފުޅުން ތިއްބެވީ އަޅުގަނޑު ގައިދުކޮށްގެން ގެންގުޅެން. އެކަމަކު ﷲ ގެ ނިންމެވުން މިޔަށްވުރެ ވަރުގަދަ ވާނެ. ރަހީނުކޮށްގެން ގައިދުކޮށްގެން ގެންގުޅުނަސް ކިހާ ދުވަހެއްވަންދެން ގެންގުޅެވޭނެތޯ؟ އަޅުގަނޑު އަނގަމަތީ މަލަން އެޅިއްޖެތޯ؟ ނޭޅުނު ދެއްތޯ؟ ނުވެސް ވާނެ އެކަމެއް،“ ޔާމީން ވިދާޅުވި އެވެ.
ގުޅުންހުރި
އިންނަމާދޫގައި 50 ހައުސިން ޔުނިޓާއި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ހަދަނީ
ރައީސް މުއިއްޒުވަރުގެ ރައްޔިތުންނަށް އޯގާތެރި ވެރިއަކު ނުލިބޭނެ: ފަލާހު
މަޑުއްވަރިއަށް އުފުލަންދޫ، މީދުއަށް ތާވަތާ ދޭން ރައީސް ނިންމަވައިފި
މަރާލަން ހަމަލާދިން މީހުންނާ ދެކޮޅަށް ޝަމީމު ހެކިބަސް ދެއްވައިފި
ފާލު ބަލައި ރޫހާނީ ފަރުވާދެމުންދިޔަ ގްރޫޕު އަތުލައިގެންފި
ބްރޯޑްކޮމްގެ ރައީސަކަށް ސަފާ އައްޔަންކޮށްފި