ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، މިއަދު ނިޔާވެއްޖެ އެވެ.
ބަކާ، 38، މިއަދު ނިޔާވީ ހައްޖު ދަތުރު ނިންމައި، މީގެ ތިން ދުވަސް ކުރިން ރާއްޖެ އައި ތަނާ ގަދަ ހުމެއް ޖެހި، ހާލު ސީރިއަސްވެގެންނެވެ. އޭނާ ހައްޖުން އައި އިރުވެސް ހުރީ ވަރަށް ގަދައަށް ރޯގާ ޖެހިފަ އެވެ.
އޭނާގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، އިއްޔެ އިން ފެށިގެން އައިސީޔޫގައި ފަރުވާ ދެމުންދިޔަ އިރު، ރެއިން ފެށިގެން ވަރަށް ހާލު ދެރަ އެވެ.
ބަކާއަކީ ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް މިޑްފީލްޑަރެވެ. އައްޑޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމުގެ ތެރެއިން ވިދާލި ބަކާގެ ފުޓުބޯޅަ ކެރިއަރު، 2004 ވަނަ އަހަރު ފަށާފައި ވަނީ އައިލެންޑް އެފްސީންނެވެ. އޭގެފަހުން އޭނާ ވަނީ ވީބީ އައްޑޫ އެފްސީ، ވެލެންސިއާ، ނިއު ރޭޑިއަންޓް، ވިކްޓަރީގެ އިތުރުން އީގަލްސް އާއި މާޒިޔާއަށް ވެސް ކުޅެފަ އެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2010 ވަނަ އަހަރު ހޯދި ބަކާ ވަނީ 2015 ވަނަ އަހަރު މިޔަންމާ ލީގުގެ ކަންބައުޒާއަށްވެސް ކުޅެފަ އެވެ. އަދި ގައުމީ ޓީމަށް 47 މެޗު ކުޅެދިން އިރު، 2008 ވަނަ އަހަރު ރާއްޖެ އިން ތަށި ހޯދި ޓީމުގައި ވެސް ބަކާ މުހިއްމު ރޯލެއް އަދާކުރި އެވެ. އަދި އެންމެފަހުން 2018 ވަނަ އަހަރު ސާފްގެ ރަން މެޑަލް ހޯދި ޓީމުގައި ވެސް އޭނާ ހިމެނިފައިވެ އެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ގްރީނަށް ޖޫރިމަނާއަކާއެކު ފިޔަވަޅު އަޅައިފި، ވެލެންސިއާއިން ނިންމުން ބަލައެއް ނުގަތް
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި