އައްޑޫ ސިޓީ ފޭދޫގައި ކުނި އުކާލަން ދިޔަ ބިދޭސީއަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކުނި އުކާލަން ދިޔަ އެ މީހާގެ ހަބަރެއް ނުވެގެން ހޯދަމުންދަނިކޮށް މޫދުގައި އޮއްވާ ފެނިގެން މިއަދު ހެނދުނު 9:40 ހާއިރު ރިޕޯޓްކުރި ކަމަށެވެ.
އެ މީހާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.




ގުޅުންހުރި
މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް،
ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
މާލޭ ސަރަހައްދުގެ ވައި ނުސާފުވެ، ރަތް އެލާޓުގައި
މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި