ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް، ސަސްޕެންޑްކޮށްފި އެވެ.
ރަމީޒް ސަސްޕެންޑްކޮށްފައިމިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސަލީމު ސަސްޕެންޑުކޮށް ހައްޔަރުކޮށްފައިވަނިކޮށެވެ. ޝަމްނާޒް، ހައްޔަރުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ސިހުރު ހެދިކަމުގެ ތަހުމަތުގަ އެވެ.
ރައީސް އޮފީހުން ބުނީ ރަމީޒް ސަސްޕެންޑްކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުގައި އެކުގައި މަސައްކަތްކުރި ކުރި ދުވަސްވަރުން ފެށިގެން ރަމީޒު ފާހަގަވެފައިވަނީ ރައީސް މުއިއްޒާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.
ނަމަވެސް މި ވޭތުވެދިޔަ ފަސްވަރަކަށް މަސްދުވަހުގެ ތެރޭ ރަމީޒު، ރައީސް މުއިއްޒާއެކު ފެނިފަ އެވެ.


