ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާ ބުރިއަކުން ޖެހި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު ވިލިނގިލީގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ އެމްޑީޕީގެ އެކްޓިވިސްޓް އަދި މަސްވެރިޔާ އަލީ ސާޖިދެވެ.
އަނިޔާވި 46 އަހަރުގެ އަންހެން މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



