ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ތާއީދު ކުރެއްވި ނަމަވެސް މެންބަރުންނަށް މިހާރު ދެމުން އަންނަ މުސާރައާއި އެލަވެންސް ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ދައުރަކުން ދައުރަކުން އިތުރުނުވާ ގޮތަށް ހިފަހައްޓަން ފެނޭތޯ ބަލަން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ މަޖިލިސް މެންބަރުން ”ނޮޅާ ކަމުންދާއިރު“ މެންބަރުންގެ ދިފާއުގައި ތެދުބަހުން ހަގީގަތަށް ވާހަކަދައްކަންޖެހޭ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައަށް މަހަކު 42,500ރ. އަދި ކޮމިޓީއަށް ވަޑައިގަންނަވާ ނަމަ 20,000ރ. އަދި ލިވިން އެލަވަންސަށް 20,000ރ. ލިބޭއިރު, މާލޭގައި އުޅެން ޖެހެނީ 25,000ރ. ގެ ބޮޑު ކުއްޔެއް ދައްކައިގެން ކަމަށް ވިދާޅުވި އެވެ.
”މާލޭގައި ކޮންމެ ދުވަހެއްގެ ކޮފީ ބުއިމާއި ކެއުން ބުއިމުގެ ކަންކަމަށް, ދާއިރާގެ ރައްޔިތުންނާއި ރަހުމަތްތެރިންނާއެކު ދުވާލަކު އެވްރެޖުކޮށް 700 ރުފިޔާ އާއި 1,000 ރުފިޔާއާ ދޭތެރޭގައި ހަރަދުވޭ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރެއްގެ މުސާރަ ދައުލަތުގެ ސްޓޭޓް މިނިސްޓަރަކަށްވުރެ, ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށްވުރެ, ކުންފުންޏެއްގެ އެމްޑީންނަށްވުރެ މުސާރަ ދަށް,“ އައްބާސް ވިދާޅުވި އެވެ.




ގުޅުންހުރި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި