ނ. ވެލިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 75 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
ޖުމުލަ 88.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 15 ނޮވެމްބަރު 2021 ގައެވެ. މަޝްރޫއުގެ ދަށުން ވެލިދޫގެ 11 މަގަކާއި އަދި މަގަކަށް އިތުރުކުރާ ބައެއްގައި ތާރު އަޅާނެ އެވެ. އެއީ ޖުމުލަ 5.7 ކިލޯ މީޓަރުގެ މަގެވެ.
މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އާރުޑީސީން މިއަދު ބުނީ، މަޝްރޫއުގެ މަސައްކަތް މިހާ ހިސާބަށް އައިއިރު ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅިތައް އެޅުމުގެ އިތުރުން ކާބް ސްޓޯން ޖެހުން ފަދަ މަސައްކަތްތަކުގެ 94 ޕަސެންޓް މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި ސްޓޯމް ވޯޓާ ޓޭންކް ބެހެއްޓުމާއި ހޮޅޮތައް އެޅުމުގެ 94 ޕަސެންޓް މަސައްކަތްވެސް ނިންމާލާފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ޕޭވިންގެ 81 ޕަސެންޓް މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ 72 ޕަސެންޓް މަސައްކަތް ނިންމާލާފައިވާއިރު މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު މިހާރު ރަށަށް ގެންގޮސްފައިވާ ކަމަށްވެސް އާރުޑީސީން ބުނެ އެވެ.

ގުޅުންހުރި
އައިޖީއެމްއެޗްގައި ހަދާ 75 އެނދުގެ ވޯޑުގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެ
ކުޑަހުވަދޫގެ އުސްގަނޑު މަގުގައި ކާބް ސްޓޯން ޖެހުން ކުރިއަށް، މަސައްކަތުގައި އަންހެނުން
ބޮޑުތަކުރުފާނުގެ މަގުގެ އުތުރު ފަރާތް 4 ލޭނަށް ފުޅާކޮށް ތާރު އަޅަން
އައްޑޫ ލިންކް ރޯޑާއި މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރަން 830
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
ވެލިދޫ އާ ހޮސްޕިޓަލާއި ފެންފުށީ އާ ސިއްހީ މަރުކަޒު ހަދަން އާރުޑީސީ