މުރުގެ ކޮންމެ ހިސާބެއްގައިވެސް ކާމިޔާބު ހާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ އަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަސޭހަތްތެރި ވެވަޑައިގެންފި އެވެ.
ސެންޓާ ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ، ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ އަޒުމެއް ހުރުން މުހިންމު ކަމަށާއި ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުން ކަމަށެވެ.
އެގޮތުން ސާނަވީ މަރުހަލާގެ ކިޔެވުމަކީ އުމުރުގައި 2 ވަނަ ފުރުސަތެއް ލިބޭނެ ކަމެއް ނޫން ކަމަށާއި މި ވަގުތާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްވެސް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
އަދި މަތީ ސާނަވީ ތައުލީމަކީ މުސްތަގުބަލު ބައްޓަންކުރުމަށާއި ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި ވިދާޅުވި އެވެ.
ގައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ހުންނަންވާނެކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވަނީ ކޮންމެ ކުއްޖަކަށްވެސް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ގައުމީ ހިދުމަތަށް އިސްކަންދިނުމަށް ބާރު އަޅުއްވައިފަ އެވެ.
އެސެމްބްލީގައި ރައީސް ވަނީ މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ ކުދިން ކުރިމަތިލާންޖެހޭ ބޮޑެތި ގޮންޖެހުންތައް މި ސަރުކާރުން ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވައިފަ އެވެ.


					

ގުޅުންހުރި
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި
2026ގެ ބަޖެޓު: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން, މި އަހަރަށްވުރެ 683
ލަންކާއަށް އެތެރެކުރުމަށް މަސްބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖެއަކުން ނޫން: ފުލުހުން
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް
ހުޅުދޫ އާއި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި
2026ގެ ބަޖެޓް: ރައީސްގެ ރަސްމީ ގެކޮޅަށް 34 މިލިއަން, މަހަކަށް 2.8