ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް ކައިރީގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި އުޅުނު ދެ ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ބަންގްލަދޭޝް އަށް ނިސްބަތްވާ އެ ދެ ފިރިހެނުން އަތުލައިގަތީ މާލޭގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރީގައި ބޭރު ފައިސާ ބަދަލުކުރުމުގެ ހަރަކާތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާއެކު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މީހުންގެ ފޮޓޯވެސް އާންމުކޮށްފައިވާ އިރު، އިމިގްރޭޝަނުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި އުޅުނު 6 ބިދޭސީއަކު މިދިޔަ މާޗު 9 ގައި ވެސް ވަނީ އަތުލައިގެންފަ އެވެ. އެއީވެސް ބަންގްލަދޭޝްގެ މީހުންނެވެ.
އިމިގްރޭޝަނުން އޭރު ނެރުނު ބަޔާނުގައިވާ ގޮތުން އެއީ ވެސް ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކުރި މީހުންނެވެ. އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތް މީހުންނާއި ވިސާގެ ހުއްދައިގެ ބޭރުން މަަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް ބުންޏެވެ.




ގުޅުންހުރި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި