ގަވާއިދާ ހިލާފަށް ޓޭކްއަވޭ ކޮފީ ޝޮޕްގެ ހިދުމަތް ދެމުން ގެންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން އެ މީހުން އަތުލައިގަތީ ހުޅުމާލެ ފޭސް އެކަކުން ކަމަށެވެ.
އެ އޮޕަރޭޝަންގައި އަތުލައިގެންފައި ވަނީ އަށް ބިދޭސީން ކަމަށްވެސް ބުނެފައިވެއެވެ.
އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުޅުމާލެ ފޭސް އެކެއްގައި ޓޭކްއަވޭ ކޮފީ ޝޮޕްތައް ހިންގާ ކަމަށް ތުހުމަތު ކުރެވިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އެ މީހުންގެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ ހަފުތާގައިވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް ވަނީ އަތުލައިގެންފައެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން މިދިޔަ ހަތް މަސް ތެރޭގައި ގަވާއިދާ ހިލާފަށް އުޅުނު 1،800 އެއްހާ ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށެެވެ.

ގުޅުންހުރި
އިޒްރޭލުގެ އަނިޔާވެރިކަން އަލުން ފެށުން: ޝަހީދުވި މީހުންގެ އަދަދު 400 އަށް،
ހުއްޓިފައި އޮންނަތާ 11 މަސް ފަހުން ރައީސްގެ ޖަވާބު ސިލްސިލާ އަލުން
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝާހިދުގެ ނަން ކޮމިޓީން ފާސްކޮށްފި
ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ސިނގިރޭޓްއާއި ފައިސާ ފޭރިއްޖެ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް