ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ
މެދުޒިޔާރަތް މަގުގެ ހޮޓެލް ޖެން ކައިރީގައި އޮންނަ ސައިކަލު ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލީ ހުސްވި ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ދަންވަރު 3:03 ހާއިރެވެ.
އަލިފާން ރޯކޮށްލުމާ ގުޅިގެން ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވާ އިރު، އޭގެތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އެނދި އެވެ.
.މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހ. ފޯސީޒަން/ ފައިރޫޒު އިބްރާހިމް (36އ) އެވެ.
މުދަލަށް ގެއްލުންދިނުމުގެ ކުށުގައި ފުލުހުން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް ދައުލަތުން ވަނީ ކޯޓުގައި އެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި ހުށަހެޅުންތަކަށް ބެލުމަށްފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކަ އެވެ.




ގުޅުންހުރި
ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
15 ރުފިޔާގެ ވައްކަން ކުރި މީހާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު
ރޭޕްގެ ތުހުމަތުވާ އިޒާމް ހޯދާތާ އެއް އަހަރަށްފަހު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން
މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވެއްޖެ
އާ އަހަރަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް