ކ. ދިއްފުށި ކައިރިއަށް ސްނޯކްލިންއަށް ދިޔަ މީހަކަށް މިޔަރެއް ހަމަލާ ދީފި އެވެ.
އެނގިފައިވާ ގޮތުގައި މިޔަރު ހަމަލާ ދިނީ ދެ ގެސްޓުން ގޮވައިގެން ދިއްފުށި ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅުނު ދިއްފުށި މީހަކަށެވެ. އޭނާ އާއެކު އިތުރު ދިވެއްސަކު ވެސް ދިޔަ ކަމަށް އެނގިފައިވެ އެވެ.
މިޔަރު ހަމަލާ ދިނީ އޭނާގެ އަތަށެވެ. އަދި ހަމަލާގައި އަތުގެ މަސްގަނޑު ކަފައިގެން ގޮސްފައިވާއިރު އޭނާ މިހާރު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އަދި ހާލު ސީރިއަސް ނޫން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ގުޅުންހުރި