ދަރިފުޅަކަށް އަދި އެއްބަނޑު އެއްބަފާ ކޮއްކޮއަށް ވަޒީފާ ހޯދައިދޭން މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމްގެ ދަރިފުޅު މާހިލް ޝަހީމްއަށް މެލޭޝިޔާ ހައި ކޮމިޝަނުން ވަޒީފާއެއް އަދި ޝަހީމްގެ ކޮއްކޮ އަހުމަދު ޝިފާޒަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޝަހީމް އޭނާގެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ދަރިޔަކު ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން އެ މީހަކަށް ލިބޭ ފުރުސަތަކީ އޭނާ ނާޖާއިޒު ގޮތުގައި ހޯދައިދެއްވާނެ ފުރުސަތެއް ނޫން ކަމަށެވެ.
”ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،“ ޝަހީމް ވިދާޅުވެފައިވެ އެވެ.
ޝަހީމުގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް އައްޔަން ކޮށްފައި ހުންނަނީ މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އިސް ތާޑް ސެކްރެޓަރީގެ މަގާމަށެވެ. އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މާހިލް އަށް މަހަކު 100،000ރ. ލިބެ އެވެ.
ޝަހީމުގެ ކޮއްކޮ ޝިފާޒަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 31،500ރ. ލިބޭއިރު މިނިސްޓަރު ޝަހީމްގެ އަނބިކަނބަލުން ފާތިމަތު އާފިޔާ އަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ.

ގުޅުންހުރި
މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވަނީ
70،000 ރުފިޔާ ރިޓާޔަމެންޓް އެލެވެންސްގެ ގޮތުގައި މުއުތަސިމްއަށް ނުދޭން ނިންމައިފި
މާންދީ ދެއްކި ވާހަކައިގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލުނު ކަން
އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު، ކުއްޖާގެ މަންމަ ހޯދުމުގެ މަސައްކަތް
އަނބިމީހާ/ ފިރިމީހާއަށް ގޯތި ލިބުނަސް ފްލެޓް ލިސްޓުން އުނި ނުކުރަން ނިންމައިފި
ކޯމާ އެއްގައި 20 އަހަރު އޮންނެވުމަށް ފަހު ސައުދީގެ ”ސްލީޕިން ޕްރިންސް“