މާލެ އާއި ހުޅުމާލޭގައި ހިންގާ ޓޭކްއަވޭ ކޮފީ ޝޮޕުތަކާއި ފިހާރަތައް ބަލައިފާސްކޮށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 15 ބިދޭސީއަކު ފާއިތުވި ދެ ދުވަހުގެ ތެރޭގައި އަތުލައިގެންފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ ބިދޭސީން އަތުލައިގަތީ އެ އިދާރާ އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން މިދިޔަ ދެ ދުވަހު ހިންގި އޮޕަރޭޝަންގައި ޖުމުލަ ހަތް ތަނެއް ބަލައިފާސްކުރުމަށްފަހު ކަމަށެވެ.
އެގޮތަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ މަހު ވެސް ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 83 ބިދޭސީއަކު އަތުލައިގެންފަ އެވެ. އެ މީހުން ރިޕޯޓް ކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އިމިގުރޭޝަނުން ކުރިން ބުނެފައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 1800 އެއްހައި ބިދޭސީން އެމީހުންގެ ގައުމަށް ވަނީ ފޮނުވާލައިފަ އެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި