އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި އާ ފާމަސީ އެއް ހުޅުވައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް އިން ވަންނައިރު ކަނާތް ފަރާތުގައި ހަދާފައިވާ އެ ފާމަސީ ރަސްމީކޮށް ހުޅުއްވައި ދެއްވީ އެ ތަނުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޗެއާމަން އާމިރް މަންސޫރެވެ.
އެ ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެސްޓީއޯ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ރޭ ހުޅުވި އެ ކުންފުނީގެ އާ ފާމަސީއަކީ އެހެން ފާމަސީތަކާ ތަފާތުކޮށް ޒަމާނީ ކޮންސެޕްޓަކަށް ތައްޔާރު ކޮށްފައިވާ ފާމަސީއެއް ކަމަށެވެ. އެގޮތުން ހިދުމަތް ހޯދާ މީހުންނަށް ބޭހާއި ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އިކިއުޕްމެންޓްސްގެ އިތުރުން ޕާސަނަލް ކެއާ ރޭންޖުގެ ވަރަށް ގިނަ ތަކެތި ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ، އެ ފާމަސީގައި އިންޕޭޝަންޓުންނަށް ވަރަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުގެ ސަބަބުން ދަރުމަވަންތަ އަދި އައިޖީއެމްއެޗް ހޮސްޕިޓަލަށް ހިދުމަތް ހޯއްދަން ދާ މީހުންނަށް ގިނަ ގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
މި ފާމަސީ ހުޅުވާފައި ހުންނާނީ:
- ހޮނިހިރު – ބުރާސްފަތި: ހެނދުނު 8 އިން ރޭގަނޑު 12 އަށް
- ހުކުރު ދުވަހު: މެންދުރުފަހު 2 އިން ރޭގަނޑު 10 އަށް
ގުޅުންހުރި
ވިޓޯލްއާ ގުޅިގެން ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ހިދުމަތްދޭނަން:
ބަންކަރިން ހިދުމަތް ފަށަން ފުރިހަމައަށް ތައްޔާރު، މިހާރުވެސް ބުކިންތައް ދަނީ ލިބެމުން:
ގައުމީ ދުވަހާއި ގުޅުވައިގެން ”ނިޕޯން ޕެއިންޓް“ގެ ހާއްސަ ޕްރޮމޯޝަނެއް
ފެނަކަ އަސްލު ސައިޒަށް ކުޑަކުރާނަން، ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލާއެކު އެސްޓީއޯ އަށް ލިބުނު އާމްދަނީ
މެޑިކަލް ޓެސްޓްތަކުގެ ނަތީޖާ ވަގުތުން ލިބޭ މެޝިނެއް އެސްޓީއޯއިން ތައާރަފުކޮށްފި