ރާއްޖެއިން ބޭރުން އެތެރެ ކުރާ ކާބޯތަކެތީގެ ތެރެއިން ޕެރިޝަބަލް ކާގޯ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ސީދާ އިންޑިއާ އިން އައްޑޫ ސިޓީއަށް ގެންދަން ފަށައި، ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ އިންޑިއާގެ ޓުޓިކޮރިން އިން އައި ފުރަތަމަ ޝިޕްމަންޓް ހިތަދޫ ޕޯޓަށް ބަނދަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެ ޝިޕްމަންޓުގައި 150 ޓަނުގެ މުދާ ރާއްޖެ ގެެނެސްފައިވާ ކަމަށާއި މުދާ ބޭލުމުގެ މަސައްކަތްތައް ހިތަދޫ ޕޯޓުން މިހާރު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އައްޑޫ ސިޓީއަށް ޕެރިޝަބަލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ އިންތިޒާމުތައް އެމްޕީއެލްއާއި ހިތަދޫ ރީޖަނަލް ޕޯޓުން ހަމަޖެއްސީ މިދިޔަ މަހު އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެފައިވާ ގޮތުން އެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭއަށް އެންމެ ގިނައިން ޕެރިޝަބަލް ކާގޯ ގެންނަ އިންޑިއާގެ ފައިނެސް ގުރޫޕް މެދުވެރިކޮށެވެ.
އަދި މީގެ ކުރިން އެ ހިދުމަތް ލަކުޑި ބޯޓު ފަހަރުގައި ދެމުން އައި ނަމަވެސް މި ފަހަރު ހިދުމަތް ފެށީ ދަގަނޑު ބޯޓު ފަހަރުގަ އެވެ.
ވަޖީހު ވިދާޅުވި ގޮތުގައި، ދަގަނޑު ބޯޓުގައި ހިދުމަތް ދޭން ފެށުމުން މުޅި އަހަރު ތެރޭ ހުރިހާ ދުވަސްތަކެއްގައި ވެސް މެދު ކެނޑުމެއްނެތި، އެ ހިދުމަތް ލިބެމުންދާނެ އެވެ. އެގޮތުން ދަތުރުތައް ރާވަމުން ދަނީ ކޮންމެ ދިހަ ދުވަހަކާއި 15 ދުވަހާ ދޭތެރޭ، ކާގޯ ބޯޓެއް އައްޑުއަށް ދާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
ބަންދުގައި ހުރި މީހަކު ހޮސްޕިޓަލަށް ގެންދިއުމުން ފާހަނައިގެ ކުޑަދޮރުން ފިލަން އުޅެފި
ޒިންމާދާރުކަމެއް ނެތް ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބޭ: ރައީސް
އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި
ޕުޓިން މަގާމުން ވަކިކުރި މިނިސްޓަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދި!
ރައްޔިތުންގެ ނަމުގަ ލޯނު ނަގައިގެން ރަސްމާލެ ހިއްކާކަށް ނުޖެހޭ: އައްބާސް