ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓު ހޯއްދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްވުރެ ސިޔާސީ ގޮތުން މޮޅުވީމަ ކަމަށް މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ފައިސަލް ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ފައިސަލް ވިދާޅުވީ، ޔާމީން ވެރިކަމަށް ގެނައުމަށް މަޖިލީހުގެ މިހާރުގެ ނައިބު ރައީސް އަހުމަދު ނާޒިމް އުފެއްދެވި ޕީއޭއަށް މީހުން ހަމަނުވެގެން މީހުން ހަމަކުރަން އޭރު ރައީސް މައުމޫނާ ދޭތެރޭގައި ނުރުހިފައި ތިބި މީހުން ކައިރިއަށް ޕާޓީ ފޯމު ހިފައިގެން ދިޔައީ އެ ބޭފުޅުން ކަމަށެވެ.
އަދި ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީވެސް ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯ ދައްކައިގެން ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގެން ރައީސް މައުމޫން ބޭއްދެވީ ހަތް މަސް ވަންދެން ޖަލުގައި ކަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު ރައްޔިތުން ނުކުމެ ޔާމީނަށް ބޮޑުތަނުން ނޫނެކޭ ބުނީ ސިޔާސީ ލީޑަރުން ޖަލަށްލައި، ރާއްޖޭގައި ބިރުވެރި މާހައުލެއް އުފައްދައިގެން ވެރިކަން ކުރައްވަން އުޅުއްވުމުން ކަމަށާއި މިއަދު ޔާމީން އެ ހުންނެވީ ސިޔާސީ މައިދާނުން އެކަހެރިކޮށްފައި ކަމަށް ވިދާޅުވި އެވެ.
”މިއަދު އެ މަނިކުފާނު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން މޮޅުވީމަ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު އެ މަނިކުފާނު ހޯދީ،“ ފައިސަލް ވިދާޅުވި އެވެ.
ފައިސަލް އެހެން ވިދާޅުވި ނަމަވެސް، ޔާމީން ގެންދަވަނީ އެ މަނިކުފާނަށް ވެރިކަމަށް ކުރިމަތިލުމަށް ހުރަސް އެޅީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވަމުންނެވެ.
އެގޮތުން އެ މަނިކުފާނު ޖަލުން މިނިވަންކުރުމުގެ ވިސްނުމެއް މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ނެތް ކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ގުޅުންހުރި
މެޑަމް ސާޖިދާ ގޮވާލެއްވީ މިވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފަށް ޖާގަ
މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން އުޅެނިކޮށް ފަޒީން އިސްތިއުފާ ދެއްވައިފި
މާންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި، މެޑަމް ސާޖިދާ ވިދާޅުވީ ބަލައެއް ނުގަނެވޭނެ
ލަންކާގެ ގޭންގު ލީޑަރަކު މަރާލުމުގައި އިސްކޮށް ހުރި ކަމަށް ބުނާ އިޝާރާ
ދިން ފަހު ފުރުސަތުގައި ވެސް ޖާހުގެ ފްލެޓްތަކެއް ނުނިންމުނު، އެއްބަސްވުން ބާތިލުކޮށްފި
ހުޅުމާލޭގައި ތަރައްގީކުރި ސްޓެލްކޯގެ އެނެކެސް 2 އިންޖީނުގެ ހުޅުވައިފި