ސަރުކާރުގެ ވިޔަފާރި ކުންފުނި, އެސްޓީއޯ އިން ހަދަން ފެށި ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހުޅުލޭގައި ހުންނަ ސީޕްލޭން ޓާމިނަލް، ނޫވިލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ ފުށް ފެކްޓްރީ އަޅަން ފަހުން ހެދި ފީސިބިލިޓީއަށާއި ކުރަން ހުރި ހަރަދުތަކާ އަޅާ ބަލާއިރު، އެކަމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.
އެހެންވެ އެ މަސައްކަތް ކުރިއަށް ނުގެންދަން ބޯޑުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ފުޑް ސެކިއުރިޓީ ޔަގީންކުރުމަށް ފުށް ފެކްޓްރީއެއް އަޅަން އެސްޓީއޯ އިން މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. އެ ފެކްޓްރީ ފުރަތަމަ އަޅަން މަސައްކަތް ކުރީ މާލެ ސަރަހައްދުގަ އެވެ. ނަމަވެސް އެ ފެކްޓްރީ ކުޅުދުއްފުށީގައި އަޅަން ނިންމައި, 2022 ވަނަ އަހަރު އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓް ހިންގާ ސަރަހައްދުން އެކަމަށް ބިމެއްވެސް ކަނޑައެޅި އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އޭރު ވިދާޅުވި ގޮތުން ފުށް ފެކްޓަރީ ހެދުމުގެ ގޮތުން ހަދަންޖެހޭ ސާވޭ ނިމި، އެ މަސައްކަތަށް ބޭނުންވާ ފައިސާއާއި އެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ވެސް މިހާރު ވަނީ ހޯދައިފަ އެވެ. އަދި ފުށް ފެކްޓްރީގެ މަސައްކަތް 2022 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
އެމްޑީ ޝަރީފު ދެއްވާ ޔަގީންކަން: ލޯނުތައް ދެއްކުމުގެ ގާބިލުކަން އެމްއޭސީއެލްގައި އެބަ
ކަލްޓަން ރެފްރިޖަރަންޓް: ތިމާވެއްޓާ ރައްޓެހި އަދި އެންމެ ކުޑަ އަގުގައި މޯލްޑިވް
ހަތް ދުވަސް ވެއްޖެ، ޔާމީންގެ ހަބަރެއް ނުވޭ، ރާއްޖެއިން ބޭރަކަށް ނުފުރާ
ޒަމާނީ އާ ޓާމިނަލްގައި ހިދުމަތް ދޭނީ 100 ޕަސެންޓް ދިވެހިން, އެއަށްވުރެ
މުސްލިމަކާ ދިމާލަށް ތިއީ ކާފަރެއް ބުނެވެނީ ރޯމާ ދުވާލު ފަދަ ވަރުގަދަ
ބަންޑުން ޖަހާލި ޑިންގީއެއްގެ މަތީގައި ތިބި ދެ މީހަކު ސަލާމަތްކޮށްފި