އަމާން އުދަރެސްގެ ޓަވަރަކުން ކުޑަކުއްޖަކު ވެއްޓިއްޖެ

އަމާން ދޯދި ފްލެޓްތަކެއް ---

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސްގެ ޓަވަރަކުން ކުޑަކުއްޖަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އިން ދެންމެ ބުނީ، އަމާން އުދަރެސްގެ ދެވަނަ ޓަވަރުގެ ތިންވަނަ ބުރިން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށާއި އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ވެއްޓުނީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. އަދި އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.