ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރު ރިކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި

އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ”ހަފްތާ“ އަށް ވިދާޅުވީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރިކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ވެސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެެވެ.