ދަ ޑިމޮކްރެޓިކްސް، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޖޫރިމަނާކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ، އެއިން ކޮންމެ ޕާޓީއެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން އޮޑިޓް ރިޕޯޓް ހުށަހަޅައިފައިނުވާތީ ކަމަށެވެ.
ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓް އީސީ އަދި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށް ސިޔާސީ ޕާޓީ ގާނޫނުގެ 42 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައިވެ އެވެ.
އީސީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަހަރުގެ 25 އޭޕްރިލްގެ ނިޔަލަށް އެމްޓީޑީގައި ތިބީ 2،388 މެންބަރުންނެވެ. އަދި އެމްއެންޕީގައި 7،656 މެންބަރުން ތިބި އިރު، ދެ ޑިމޮކްރެޓްސްގައި ތިބީ 4،364 މެންބަރުންނެވެ.


ގުޅުންހުރި
އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދޭ ގޮތަށް ބަދަލުކޮށްފި
އޭސީސީގެ ނައިބަކަށް ފޮނުއްވި ނަން ރައީސް ބަދަލުކުރައްވައިފި
އެލާޓް ސިސްޓަމް ހައްލުކޮށް ފިއްޓޭ، އަނބުރާ އެމްޑީޕީއަށް ވައްދައިފި
ވަގު ފޯމެއް ހުށަހަޅައިގެން މެންބަރު ފިއްޓެ ޕީއެންސީއަށް ވައްދައިފި
ޑިމޮކްރެޓްސް ފެއިލް ނުވޭ، ކުރިޔަށް އޮތީ ކާމިޔާބު ދަތުރެއް: ވައްޑެ
އީސީގެ މެންބަރަކަށް ހަސީބު އައްޔަންކުރައްވައިފި