ފުލުހުން ހައްޔަރުކުރަން އުޅުނު މީހަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މީހާއަކީ ޑްރަގް ކޯޓު އަމުރެއްގެ ދަށުން މާދަމާ އެ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާމެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމަށް އާއިލާ އިން ހިއްސާކޮށްފައިވާތީ އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ވާހަކަ ކަމަށްވެސް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް އެވެ. އެކަން ފުލުހުންގެ އޮފިޝަލަކުވެސް މި ނޫހަށް ވަނީ ޔަގީންކޮށްދީފަ އެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ އިސްވެރިންތަކެއް އެ މީހާގެ އާއިލާއާ ވާހަކަދެއްކުމަށް އައިޖީއެމްއެޗަށް ދިޔަކަންވެސް އެނގިފައިވެ އެވެ.

ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް