އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ޓްރެއިނިން ހަދަން ގޮސް ތިބި ގިނަ އަދަދެއްގެ ދަރިވަރުން ކުއްލި ގޮތަކަށް ބަލިވެގެން ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން ފަސް ދަރިވަރަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ފުލުހުން ބުނެފި އެވެ.
ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ މިރޭ ބުނެފަ އެވެ. އަދި އެ ދަރިވަރުންގެ ހާލު ގޯސްވީ ކާނާ ވިހަވެގެން ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެކަން ފުލުހުން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ.
އޭގެ އިތުރު ތަފުސީލު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ، ޖުމުލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު، އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ކޭސްތަކާ ގުޅިގެން އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ ދަރިވަރުންތަކަށް އެލާޖީ އެއް ވެގެން ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް، އެލާޖިކް ވީ ކޮން އެއްޗަކަށް ކަމެއް ނޭނގޭ ކަމަށެވެ.




ގުޅުންހުރި
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލަށް ނިންމަނީ
ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
15 ރުފިޔާގެ ވައްކަން ކުރި މީހާއަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު
ރޭޕްގެ ތުހުމަތުވާ އިޒާމް ހޯދާތާ އެއް އަހަރަށްފަހު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން