ޑިސެމްބަރ 3, 2024

އަބްދުއްރަހީމް، ފައިސަލް އަށް: ދަރިފުޅާމެދު މިއަދު ފަހުރުވެރިވޭ، ހިތްވަރާއެކު ކޮންމެ ޒިންމާއެއް އަދާކުރޭ

ހަވާލުވާ ކޮންމެ ޒިންމާއެއް ކެތްތެރިކަމާއި ހިތްވަރާއެކު އަދާކުރަމުން ގެންދިއުމަށް ދޮށީ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް އޭނާގެ ބައްޕާފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނަސޭހަތްތެރި ވެވަޑައިގެންފި އެވެ.

އަބްދުއްރަހީމްގެ އެ ނަސޭހަތް ދެއްވީ ފައިސަލްގެ އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ފައިސަލް އާއެކު ނަގާފައިވާ ފޮޓޯއަކާއެކު އަބްދުއްރަހީމްގެ ފޯސްޓުގައި ވިދާޅުވީ ދަރިފުޅު ފައިސަލްއަށްޓަކައި ބައްޕައާއި މަންމަ އަދި މުޅި އާއިލާ ވެސް މިއަދު ފަހުރުވެރިވާ ކަމަށެވެ.

”ކެތްތެރިކަމާ ހިތްވަރާ އެކު ހަވާލުވާ ކޮންމެ ޒިންމާ އަދާކުރަމުން ގެންދިއުމަށް އަބަދު ވެސް ހަނދާން ކޮށްދެން. އަބަދުވެސް އެދެނީ އިތުރު ކާމިޔާބީއާ ކުރި އެރުމަށް،“ އަބްދުއްރަހީމް ވިދާޅުވި އެވެ.