ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެ މީހުންނާމެދު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލައި އާންމު ކުރެއްވުމާއި އެގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ރައީސް އޮފީހުން ބުނީ، ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހު އެކަމާ ގުޅޭ ގޮތުން ނިންމެވި ނިންމެވުންތަކުގެ ތެރޭގައި:
- މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓްތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި އުޅޭ ބިދޭސީންގެ މައުލޫމާތާއި 10 އިނގިލީގެ ފިންގަޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނެގުން
- ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ޕްރޮގްރާމެއް ހިންގުން
- އަމިއްލައަށް އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް ޕްރޮގްރާމެއް ހިންގުން
ރައީސް އޮފީހުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރައްވާނެ ކަންތައްތަކެއް ވެސް ކެބިނެޓުން އިއްޔެ ނިންމެވި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ބިދޭސީންނާމެދު އިހުމާލުވާ މީހުންގެ ލިސްޓު އެކުލަވާލައި އާންމުކުރުން
- އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އެ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅު އެޅުން
ރައީސް އޮފީހުން އިތުރަށް ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅޭ ހުރަސްތައް ނައްތާލުމަށް އެފަދަ ބިދޭސީން ކުރާ ވިޔަފާރިތައް އޮޑިޓްކޮށް، ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ކެބިނެޓުން އިއްޔެ ނިންމެވި ކަމަށެވެ.
އޭގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ވަޒީފާއާބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްވެސް ނިންމެވި ކަމަށް ބުންޏެވެ.
ގުޅުންހުރި
އިމްރާން ހާން 14 އަހަރަށް، އަނބިކަނބަލުން 7 އަހަރަށް ޖަލަށް
ވިލިމާލޭގައި މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް ދިވެއްސަކު ސަލާމަތްކޮށްފި
މިސްކިތް ތެރޭގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ، ޝަހީމް ވިދާޅުވީ ފިޔަވަޅު
ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް
ބާރާއި ނުފޫޒުން ރައްޔިތުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެކެވެ.
ސައިފް ނުރައްކަލުން ސަލާމަތްވެއްޖެ، ހާލު ދަނީ ރަނގަޅުވަމުން