އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމަށް މައުލޫމާތު ނުދީ، އަދި އެ ކޮމިޝަންގެ އެންގުމަށް އަމަލުނުކުރުމުގެ ސަބަބުން ރައީސް އޮފީހާ ދެކޮޅަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލައިގައި ޖިނާއީ އަމަލެއް ހިމެނޭތޯ ތަހުގީގު ކޮށްދިނުމަށް އެދި ފުލުސް އޮފީހަށް ފޮނުވައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް އިސްތިއުނާފު ނުކޮށް އަދި އެ ނިންމުމަށް އަމަލުނުކޮށް، 45 ދުވަސް ފާއިތުވެއްޖެ ނަމަ، ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސޫލުން އެ ފަރާތަކާމެދު އަމަލުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި ޕީޖީގެ އޮފީހަށް، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅިދާނެ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޝިފާން އަހުމަދު ވ. ރައީސް އޮފީސް މައްސަލައާ ގުޅިގެން ރައީސް އޮފީހުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އިސްތިއުނާފު ނުކޮށް އަދި އެ ނިންމުމަށް އަމަލުވެސް ނުކޮށް 45 ދުވަސް ފާއިތުވެފައިވާތީ، ކަމާބެހޭ ލިޔުންތަކާއެކު އެ މައްސަލަ އެ އޮފީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ނަމަވެސް ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދައުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކުރެވިފައި އޮންނަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާއިރު ތަހުގީގު ކުރުމަކީ ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ގާނޫނީ ގޮތުން ލިބިދޭ ހައްގުތައް ލިބިދީގެން ހިންގާ ތަހުގީގަކަށް ވާންޖެހޭ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، އެ ތަހުގީގު ހިންގުމުގެ ބާރު ގާނޫނީ ގޮތުން ލިބިދެނީ ފުލުހަށް ކަމަށްވާތީ އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބައްލަވައި، ގާނޫނުގައިވާ ގޮތުގެ މަތިން ތަހުގީގު ކުރައްވައި، ތަހުގީގުގެ ހޯދުންތަކާއެކު އެ އޮފީހަށް ފޮނުއްވައި ދެއްވުން އެދި، މިއަދު، ފުލުސް އޮފީހުގައި ދަންނަވާފައިވާނެ ކަމަށެވެ.
އަދި އާންމު މައްސަލަތަކާ ހިލާފަށް، މި މައްސަލަ ކުރިއަށްދާ ގޮތް ބަލަމުން ދިއުމަކީ ޕީޖީ އޮފީހުން ކުރަންޖެހޭނެ ކަމެއްކަމަށް ފެންނާތީ، އެ ތަހުގީގު ހިނގާ ގޮތް ގާތުން ބަލަމުންދާނެ ކަމަށްވެސް ޕީޖީގެ އޮފީހުން ބުންޏެވެ.

2 Comments
ގުޅުންހުރި
ޒިންމާދާރުކަމެއް ނެތް ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބޭ: ރައީސް
އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި
ޕުޓިން މަގާމުން ވަކިކުރި މިނިސްޓަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދި!
ރައްޔިތުންގެ ނަމުގަ ލޯނު ނަގައިގެން ރަސްމާލެ ހިއްކާކަށް ނުޖެހޭ: އައްބާސް
ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހު