އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކުމުންދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ ނޮވެމްބަރު 2020ގަ އެވެ. މިއީ 102.17 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ކުންފުންޏާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ފެނަކައިގެ ބޭފުޅުން އެ ރަށަށް ވަޑައިގެން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ހަދައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިފަ އެވެ.
އޭގެ އިތުރުން، ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާފައިވާއިރު ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެ އެވެ.

2 Comments
ގުޅުންހުރި
ރޯދަމަހު ލޭ ލިބުމުގައި ދިމާވާ ދަތިކަމަށް އެހީވުމަށް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ލޭ
މާލެ-ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއުގެ 65 ޕަސެންޓް ނިމިއްޖެ
އެމްޑަބްލިޔުއެސްސީން ދޭ އެންމެ ހާއްސަ އެވޯޑް އެ ކުންފުނީގެ އެސިސްޓަންޓް ޖީއެމް
އެމްޑަބްލިޔުއެސްސީ އިން ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމާލައިފި
ރަސްފަރި ފަރަށް ލިބުނު ގެއްލުން އިޔާދަކުރަން އެމްޑަބްލިޔުއެސްސީން އެހީވާން ނިންމައިފި
ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި