އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް އެ ޕާޓީގެ ލީގަލް ޑިރެކްޓަރު، ހިސާން ހުސެއިން އައްޔަން ކޮށްފި އެވެ.
ހިސާން އެ މަގާމަށް އައްޔަނު ކުރީ މިހާރު ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިންނެވެ.
އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް ހިސާންގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދު އެވެ.
އެމްޑީޕީގެ އިސް ސަފުގައި ހިސާން ވަނީ 17 އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އެމްޑީޕީގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެއްގެ ގޮތުގައި ހިސާން އެންމެ ފުރަތަމަ ކުރެއްވީ، 2007 ގައި އެ ޕާޓީން އުފެއްދި ޝެޑޯ ކެބިނެޓުގެ ޝެޑޯ މިނިސްޓާ، ލޯ އެންޑް ޖަސްޓިސްގެ މަގާމެވެ. އޭގެ ފަހުން އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ލީގަލް އެފެއާޒް ސެކްރެޓަރީކަން ވެސް ކުރެއްވި އެވެ.
ހިސާން ވަނީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމު 12 އަހަރު ވަންދެން އަދާކުރެއްވި އެވެ. އެ މަގާމުން ހިސާން އިސްތިއުފާ ދެއްވީ މިއަދެވެ.

ގުޅުންހުރި
ސާޖިދާ އެދުނީ ޝަރީއަތް ލައިވްކުރަން، ކޯޓުން ނިންމީ ލައިވް ނުކުރަން
ޒުވާނުންގެ މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީން ނިންމައިފި
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސް ފޮނުވައިފި
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން