ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހް (ޖަނާ)ގެ ކުންފުނި، ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވޯކްޕާމިޓާއި ކޯޓާ ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓު އިއްޔެ ހޯމް މިނިސްޓްރީން އާންމުކުރުމުންނެވެ. މިއީ ބިދޭސީންތައް ފީތައް ނުދައްކާ ކުންފުނިތަކުގެ ނަންތައް އާންމުކުރި ފުރަތަމަ ފަހަރެވެ.
އެ ލިސްޓުގައިވާ ގޮތުން ޖަނާގެ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ކުންފުނިން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް 12،569،150 ރުފިޔާ ނުވަތަ 12.5 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތެވެ.
އޭގެ ތެރޭގައި ހިމެނެނީ ވޯކްޕާމިޓް ފީގެ ގޮތުގައި ނުދައްކާ އޮތް 11.1 މިލިއަން ރުފިޔާއަކާއި ކޯޓާ ފީގެ ގޮތުގައި ނުދައްކާ އޮތް 1.4 މިލިއަން ރުފިޔާއެކެވެ.
ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ ޖަނާގެ އިތުރުން އޭނާގެ ދަރިކަލުން އަދި މި ސަރުކާރުގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި އައިޝާ ނޫރައިން ޖަނާހެވެ. ޖަނާހަކީ އެ ކުންފުނީގެ ޗެއާމަނެވެ. ނޫރައިންއަކީ މެނޭޖިން ޑިރެކްޓަރެވެ.




128 Comments
ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް