މާލޭ ވިޔަފާރި ބަނދަރުގެ ކާގޯ އޮޕަރޭޝަންތަކުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖުމެންޓުން އަމަލީ ގޮތުން ބައިވެރިވެއްޖެ އެވެ.
އެމްޕީއެލްއިން މިއަދު ބުނީ އެ ކުންފުނީގެ މެނޭޖުމެންޓުން ކާގޯ އޮޕަރޭޝަންގައި ބައިވެރިވީ ޕޯޓް އޮޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކޮށް، ކުންފުނީގެ މެނޭޖުމެންޓާއި މުވައްޒަފުންނާ ދެމެދު ގުޅުން ބަދަހިކުރަން ކަމަށެވެ.
ކާގޯ އޮޕަރޭޝަންސްތަކުގެ އެކި މަސައްކަތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމާއި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޕީއެލުން ބުންޏެވެ.
ވަޖީހް ވިދާޅުވީ، ކޯގޯ އޮޕަރޭޝަންތަކުގައި ކުންފުނީގެ މެނޭޖުމެންޓުން ބައިވެރިވެވަޑައިގަތުމުގެ ސަބަބުން ޕޯޓް އޮޕަރޭޝަންސްގެ މަސައްކަތުގެ މާހައުލުގައި ހުރި އުނދަގޫތައް ފެނި، އެ މައްސަލަތަކަށް ހައްލުކުރާނެ ގޮތްތައް އެނގިގެންދާނެ ކަމަށެވެ.
”މީގެ އަނެއް ބޭނުމަކީ ބައެއްފަހަރު މުވައްޒަފުން ބަލިވުމާއި ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި ގުޅިގެން ކާގޯ އޮޕަރޭޝަންސްގެ މުވައްޒަފުން މަދުވާ ހާލަތެއްގައި އެހެން ދިމަ ދިމާތަކުން މުވައްޒަފުން ގެނެސްގެންވެސް މަސައްކަތަށް ފިލް ކޮށްލުން. އެހެންކަމުން އަޅުގަނޑު މި ޔަގީންކުރަނީ ކުންފުނީގެ ކާގޯ އޮޕަރޭޝަންސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި ޕްރޮގްރާމާއި އެކު މުވައްޒަފުން މަދު ނުވާނެ ކަމަށް.“ ވަޖީހް ވިދާޅުވި އެވެ.
އެމްޕީއެލްގެ އެންމެ މުހިންމު މަސައްކަތަކީ ކާގޯ އޮޕަރޭޝަންތައް ކަމަށް ވަޖީހު ވިދާޅުވި އެވެ.
1 Comment
ގުޅުންހުރި
ގްރީން ޓެކްސް 100 ޕަސެންޓް ބޮޑުކުރަނީ
ގަނޑުކުރި ކުކުޅުތަކަކާއި ޗިކަން ނަގެޓްސްތަކެއްގެ ވެތި ފަރާތް ފުލުހުން ހޯދަނީ
އިންތިހާބާބެހޭ ހުރިހާ ގާނޫނެއް އެއްކޮށްލުމުގެ މަސައްކަތް ކުރަނީ
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު ހުޅުވުމަށް ލައިސަންސް ދީފި
މާލެއިން ބިމެއް ވިއްކުން: ހައުސިން މިނިސްޓްރީގެ ކުރީގެ އިސް ދެ މީހަކަށް
ވިފާގަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ މީހެއް، މަރުގައި ޝައްކު އުފެދޭ