ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ރަސްމީ އީމެއިލްގައި ހުރި ހުރިހާ މެއިލްތަކެއް ފޮހެލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މެއިލްތައް ފޮހެލާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ މި މަހުގެ 25 ގައި ކަމަށްވެސް ބުންޏެވެ. އެހެންވެ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޑރ. އައިޝަތު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އޭނާ ބޭނުންކުރެއްވި އީމެއިލް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ޑީއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިއަދު 3:15 ގައި އެ އީމެއިލްއަށް ވަންނަން ކޮންމެވެސް ފަރާތަކުން މަސައްކަތް ކުރި ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި