ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ރޯކޮށްލައިފި އެވެ.
ފުލުހުންގެ ތަރުޖަމާން، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލުމުގެ އިތުރުން އެ ރަށު ފުލުހެއްގެ ސައިކަލަކަށް އިއްޔެ ގެއްލުން ދީފައިވާ ކަމަށެވެ.
”މިކަމަކީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ،“ ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށާއި އެކަން އެފަދަ ވިސްނުމުގައި އަމަލުކުރަމުންދާ މީހުންނަށް ހަނދާންކޮށްދޭ ކަމަށެވެ.



