ހުޅުމާލެ ފޭސް 2ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ މައިބަދައާއި ކަނދުރާގައި ރެނދުލައި ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ކުރިމިނަލް ކޯޓުގައި ބުނެފި އެވެ.
ހުޅުމާލޭ ފޭސް 2ގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރީގައި މަޑުކޮށްގެން އިން ސައިކަލެއްގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިންގީ މިދިޔަ ބުދަ ދުވަހުގެ މެންދުރެވެ. ފުލުހުން މީޑިއާއަށް ބުނި ގޮތުގައި ކާރު ދުއްވަން އިން މީހާ ވަނީ އެކްސިޑެންޓް ވުމުން ސީނުން ފިލައިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ މައްސަލައިގައި އެ މީހާ ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
އެއީ ހ. ނޫރަންމާގެއާގެ/ އިކްރާމްރަހުމާން އާއި މ. ލޭންޑްއޮފްގާޑެން/ އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ/ އާޒާދުގެ، ޖިނާހު އިސްމާއިލެވެ. އެ މީހުންގެ ފޮޓޯވެސް ފުލުހުން އާންމުކުރި އެވެ. އެ މީހުންގެ ތެރެއިން އިކްރާމްރަހުމާންއާއި އިބްރާހިމް އިކްރާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
އިކްރާމްރަހުމާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގައި ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށެވެ.
”އަނިޔާ ލިބުނު ފަރާތުން އެކްސިޑެންޓުވެ ގޮސް ފުރަތަމަ ޖެހުނީ ކަނދުރާ ކަމަށާއި ކަނދުރާގައި ރެނދުލާފައި ހުރި ކަމަށާއި ބެކްބޯންގައި ރެނދުލާފައި ކަމަށާއި ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި ހާލަތު ސީރިއަސް ކަމަށް އައިއޯ ބުނެފައިވެއެވެ“ ކޯޓު އަމުރުގައި ބުންޏެވެ.
އިކްރާމްރަހުމާން ކޯޓުގައި ބުނީ އަނިޔާވި މީހާ ފެނުނުއިރު އޭނާގެ ބޮލުން ލޭ ފައިބަމުންދިޔަ ކަމަށާއި ނޭވާލަން އުނދަގޫވެގެން އުޅުނުކަން ފާހަގަކުރެވުނު ކަމަށެވެ.
”ތުހުމަތުކުރެވޭ ފަރާތުގެ މިވާހަކަތަކުންވެސް އަނިޔާ ލިބުނު ފަރާތަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އެނގެއެވެ“ ކޯޓު އަމުރުގައި ބުންޏެވެ.
ގުޅުންހުރި
ޑީއެންއާރު ތެރޭގައި ޕީއެންސީއަށް ފޯމު ފުރިކަމަށް އިސްވެރިން އިއުތިރާފުވެއްޖެ
އެފްއޭއެމް ހިޔާނަތް: އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްފި
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަން ފަށައިފި
ވާދޫ އިޔާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލު ކުރަން ބޭނުންވިޔަސް އެއީ ވައުދެއް
ހިންދޫ ފާދިރީއެއް އަނެއްކާވެސް ރާއްޖެ އައިސް ރޫހާނީ ފަރުވާދޭ ކަމަށް އިޝްތިހާރުކުރަނީ
ތިން އަހަރުގެ ކުއްޖަކަށް މެއިޑަކު އަނިޔާކުރި މައްސަލައެއް ބަލަނީ