އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމު ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކާމިޔާބު ކުރައްވައިފި އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުން ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިތުރުން އެމްޑީޕީގެ ސަރުކާރެއް އޮންނަ އިރު، ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުންނަށް ވެސް އިންތިހާބަކާ ނުލައި ފުރުސަތު ލިބެ އެވެ.
ގައުމީ މަޖިލީހުގައި މާރިޔާ ކުރިން އިންނެވީ އެގޮތުގެ މަތީންނެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މާރިޔާއަށް ވަނީ ގައުމީ މަޖިލީހުން ފުރުސަތު ގެއްލިފަ އެވެ.
އެމްޑީޕީގެ މިދިޔަ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ހަމައެކަނި މިނިސްޓަރަކީވެސް މާރިޔާ އެވެ.
އިއްޔެ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް ބައި އިލެކްޝަންގައި މާރިޔާ ވާދަކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމަށެވެ. އޭނާއާ ދެން ވާދަކުރެއްވީ މީގެ ކުރިން ސިޔާސީ އެއްވެސް ވަޒީފާއެއް އަދި އިންތިހާބީ މަގާމެއް ފުރުއްވާފައި ނުވާ، އުމުރުން 26 އަހަރުގެ އައިކް އެވެ. މިއީ އޭނާގެ ފުރަތަމަ އިންތިހާބެވެ.
އައިކްއާ ވާދަކޮށް ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމު މާރިޔާ ކާމިޔާބު ކުރެއްވީ 79 ވޯޓު ހޯއްދަވައިގެންނެވެ. އައިކްއަށް ލިބުނީ 28 ވޯޓެވެ.

ގުޅުންހުރި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން: ފައްޔާޒު
އިރާން-އިޒްރޭލް ހަނގުރާމައަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީގެ ސަބަބުން: ފަލާހު
އެމްޑީޕީއަށް 5 ފަނި ވާނީ ފޮނުވާފައި، ލޯކަލް އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާނަން:
ސާޖިދާ އެދުނީ ޝަރީއަތް ލައިވްކުރަން، ކޯޓުން ނިންމީ ލައިވް ނުކުރަން