ކައިވެނި ނުކޮށް ހުންނަނީ ކީއްވެގެންތޯ ސުވާލު ކުރާވަރުން ހިތްދަތިވެ، އަވަށްޓެރިއާ މަރާލައިފި

އިންޑޮނޭޝިއާގައި އުމުރުން 45 އަހަރުގައިވެސް މީހަކާ ކައިވެނި ނުކޮށް ހުންނަނީ ކީއްވެގެންތޯ އަހާވަރުން އަވަށްޓެރިއާ މަރާލައިފި އެވެ.

އިންޑޮނޭޝިއާގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުން، އެ ހާދިސާ ހިނގީ ހުސްވި ޖުލައި މަހުގެ 29 ވަނަ ދުވަހު ސުމަޓްރާގެ އުތުރުގައި އޮންނަ އަވަށެއްގަ އެވެ.

އެކަން ހިނގީ ކައިވެނި ނުކޮށް ހުންނަނީ ކީއްވެގެންތޯ އަހާވަރުން އެކަމާ އުދަނގޫވެ، ހިތްދަތިވެގެން ކަމަށް އެކަން ކުރި މީހާ ދީފައިވާ ބަޔާނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

ފުލުހުންނާ ހަވާލާދީ އިންޑޮނޭޝިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ހާދިސާގައި މަރާލާފައިވަނީ އުމުރުން 60 އަހަރުގެ ރިޓަޔާޑް ސިވިލް ސާވަންޓެކެވެ. އޭނާއަށް ހަމަލާ ދީފައިވަނީ ލަކުނޑި ބުރިއަކުން ކަމަށާއި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިންވެސް މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.