ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލް ގަންނަން ފައިސާ ދެއްކި ފަރާތްތަކުން އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ އެވެ
ފުލުހުން މިއަދު ބުނީ އާންމުންނަށް ސައިކަލު ވިއްކާ ކަމަށްބުނެ ކިންގްސްޓަންއިން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
”އެހެންކަމުން، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއްވާ ނަމަ، މި ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ..،“ ފުލުހުން ބުންޏެވެ.
ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ކިންގްސްޓަން އިން ގިނަ އަދަދެއްގެ ބޮޑެތި އަދަދުން ޑައުންޕޭމަންޓާއި ފުލް ޕޭމަންޓް ނެގި ނަމަވެސް ސައިކަލު ނުލިބޭ މައްސަލަ ސަމާލުކަމަށް އައީ ކިންގްސްޓަންގެ ޝޯރޫމް ކައިރިއަށް އެއްވެ ބަޔަކު މުޒާހަރާ ކުރުމުންނެވެ.
ކިންގްސްޓަންގެ މައްސަލައިގައި ބައެއް މީހުން ބުނާ ގޮތުން އެތަނަށް ގުޅީމަ ފޯނެއް ނުނަގަ އެވެ. އަދި ކޮންމެ ފަހަރަކު ވަކި މުއްދަތެއް ދިން ނަމަވެސް މުއްދަތު ފަހަނައަޅާ ދާއިރުވެސް ހަބަރެއް ނުވެދާ ކަމަށްވެސް ބުނެފައިވެ އެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު