މެދުއިރުމައްޗަށް މިހާރު ދިމާވެފައިވާ ހަލަބޮލިކަމުގެ ސަބަބުން، އަބޫ ދާބީ އާއި ސައޫދީ އަރަބިއާގެ ރަށްތައް ކަމަށްވާ ދައްމާމް، ޖިއްދާ އަދި ރިޔާދާ ދެމެދު ކުރަން ހަމަޖެހިފައިވާ ގިނަ ދަތުރުތަކެއް ކެންސަލްކޮށްފައިވާ ކަމަށް އިއްތިހާދު އެއާވޭސް އިން ބުނެފި އެވެ.
އިއްތިހާދު އެއާވޭސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އަބޫ ދާބީ އާއި ރިޔާދާ ދެމެދު ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތައް ކެންސަލްކުރީ އޮކްޓޫބަރު 19ގެ ނިޔަލަށެވެ.
އަބޫ ދާބީ އާއި ދައްމާމާ ދެމެދު ކުރާ ދަތުރުތަކަށް ވެސް ބޮޑެތި ބުރޫއެރުންތަކެއް އަރާފައިވާއިރު، އިއްޔެވެސް ބައެއް ފްލައިޓުތައް ވަނީ ކެންސަލްކޮށްފަ އެވެ. އަދި މިއަދާއި މާދަމާ ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
އެ އެއާލައިނުން ވަނީ ކަންކަން އަދިވެސް ދަނީ ބަދަލުވަމުން ކަމަށާއި އިތުރު ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ފަސިންޖަރުންނަށް އަންގައިފަ އެވެ.


